"ފްރެންޑްސް" އާއި "ސީންޕީލްޑް" އަދި "ދަ މިޑްލް" ފަސަ ސިޓްކޮމްތަކުގައި މަސަައްކަތްކޮށްފައިވާ ހޮލީވުޑްގެ އެކްޓަރު ޕެޓް ފިން މަރުވެއްޖެ އެވެ.
އާއިލާއާ ހަވާލާދީ މީޑިއާތަކުން ބުނީ 60 އަހަރުގެ އެކްޓަރު މިދިޔަ ހޯމަ ދުވަހު ލޮސް އެންޖެލިސްގައި މަރުވީ 2022 އިން ފެށިގެން ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް ކަމަށެވެ.
ގިނަ އަދަދެއްގެ ޓީވީ އުފެއްދުންތަކުގެ އިިތުރުން ފިލްމުތަކުން ވެސް ފެނިފައިވާ ޕެޓްގެ އެންމެ ފަހުގެ ފިލްމަކީ 2021 ގެ ރޮމޭންޓިކް ކޮމެޑީ "ފަނީ ތިންގްސް އެބައުޓް ލަވް" އެވެ. އޭނަ ކުޅެފައިވާ ފިލްމުތަކުގެ ތެރޭގައި "ޑީލިން ވިތު އިޑިއަޓްސް"، "އައި ލަވް ޔޫ، ބެތު ކޫޕާ"، "ފަންކީ މަންކީ"، "އަންކޮޑިޝަނަލް ލަވް" އަދި "ޑޫޑް، ވެއާ އިޒް މައި ކާ؟" ހިމެނެ އެވެ.
ޕެޓް މަރުވި އިރު ތިން ކުދިންނާ އަންބަކު ދުނިޔޭގައި އެބަތިއްބެވެ.