Last Updated: June 27, 18:22
Saturday, June 27, 2026
ވިޔަފާރި

އިސްމެހެލާ ހެރަ "ސީޕްރިއާ" އަށް

އިސްމެހެލާ ހެރަ ޕްރޮޖެކްޓް އިފްތިތާހް ކުރިތާ 2 އަހަރު: އަދިވެސް ކޮންޓްރެކްޓަރަކާއި ހަވާލު ނުކުރެވޭ.

މީދޫ އާއި ޖެހިގެން އޮންނަ އިސްމެހެލާ ހެރަ ތަރައްޤީ ކުރުމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި "ސީޕްރިއާ"އަށް ދިނުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އިތުބާރު ހުރި ގޮތަކަށް "އައްޑޫލައިވް"އަށް އެގިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސީޕްރިއާ އާއި އެކު ސަރުކާރުން ހަދާ އެއްބަސްވުން ލަސްވެގެން ދަނީ އިސްމެހެލާ ހެރެ އީއައިއޭ ސާވޭގެ ކަންތައް ނުނިމޭތީއެވެ.

އެމަސައްކަތް ކުރަމުންދަނީ ރާއްޖޭގެ ކުންފުންޏެއްކަމަށްވާ "ސޭންޑްކޭ" ކިޔާ ކުންފުންޏަކުންނެވެ.

ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު މީގެ ކުރިން ވިދާޅުވީ މި ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހު އިސްމެހެލާ ހެރަ ތަރައްޤީ ކުރުމަށް ޑިވެލޮޕަރަކާއި އެކު އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށެވެ.

ނަމަވެސް ފަހުން ވިދާޅުވީ ލީގަން ކަންކަން ހަމަނުޖެހޭތީ އެއްބަސްވުމުގައި ސޮއި ނުކުރެވިގެން އުޅެނީ ކަމަށެވެ. އަދި އިސްމެހެލާ ހެރަ ތަރައްޤީ ކުރާ ފަރާތް ސަރުކާރުން ވަނީ ސިއްރުކޮށްފައެވެ.

މިދިޔަ އަހަރު އެޕްރީލް 28، ވަނަ ދުވަހު ދަރުބާރުގޭގައި ބޮޑު ރަސްމިއްޔާތެެއް ބާއްވައި ސަރުކާރުން އިސްމެހެލާ ހެރަ ޕޮރޮޖެކްޓް އިފްތިތާހް ކުރިއެވެ. އަދި އޭގެ ފަހުން ޑިސެމްބަރު 16 ވަނަ ދުވަހު ޓޫރިޒަމް މިނިސްޓަރު އަލުން އެވާހަކަ އައްޑޫގައި ދައްކަވަމުން ވިދާޅުވީ "އަންނަ" ހަފްތާގައި އެއްބަސްވުމުގައި ސޮއި ކުރާނެކަމަށެވެ.

ޖެނުއަރީ މެދަކާއި ހަމައަށް ގޮސްފައިވާ އިރު މި މަޝްރޫއުގެ އެއްވެސް ވާހަކައެއް ޓޫރިޒަމް މިނިސްޓްރީން ނުދައްކަވައެވެ. އެހެންވެ އައްޑޫ ރައްޔިތުން ބުނަމުން ދަނީ އިސްމެހެލާ ހެރަ ޕްރޮޖެކްޓަކީ ބިލާހެއް ކަމަށެވެ.