Last Updated: June 6, 14:55
Saturday, June 6, 2026
މުނިފޫހިފިލުވުން

ރަޖްނީކާންތުގެ 'ޖެއިލާ 2' ގައި ޝާހްރުކް؟

ޝޫޓިން ކުރިއަށްދާތާ ދުވަސްކޮޅެއްވެފައިވާ ރަޖްނީކާންތުގެ "ޖެއިލާ 2" އިން ޝާހްރުކް ޚާން ފެނިދާނެކަމުގެ ވާހަކަތަކެއް ދެކެވެންް ފަށައިފި އެވެ.

މިފަދަ ވާހަކައެެއް މީޑިއާތަކުގައި ދެކެވެން ފެށީ އެ ފިލްމުގެ ރޯލެއް ކުޅޭ އެކްޓަރު މިތުން ޗަކްރަބަތީ ދެއްކި ވާހަކަތަކަކާ ގުޅިގެންނެނެވެ. އޭނަ ބުނީ ބޮލީވުޑްގެ މެގަސްޓާރަކު "ޖެއިލާ 2" އިން ފެންނާނެ ކަމަށެވެ. އަދި އެއީ ޝާހްރުކްކަމުގެ އިޝާރާތެއް ވެސް ދީފައިވެ އެވެ.

އެހެންވެ ބެލެވޭ ގޮތުން "ޖެއިލާ 2" އިން ޝާހްރުކް ފެންނާނީ ފިލްމުގެ ވަރަށް ހާއްސަ ފެނިލުމަކުންނެވެ.

ނަމަވެސް ފިލްމުގެ ޑައިރެކްޓަރު ނެލްސަން މިހާތަނަށް މިކަން ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. އެކަމަކު ރަޖްނީކާންތުގެ ފިލްމަކުން ބޮލީވުޑްގެ އޭ ލިސްޓް ވަރުގަދަ ތަރިއަކު ފެނުމަކީ ހަމަ ވެދާނެ ކަމެކެވެ. މި އަހަރު އޮގަސްޓްގައި ރިލީޒްކުރި އޭނަގެ "ކޫލީ" ގެ ހާއްސަ ރޯލެއް އާމިރު ޚާން ވެސް ކުޅެފައިވެ އެވެ.

އެހެންވެ "ޖެއިލާ 2" އިން ޝާހްރުކް ފެނުމަކީ ހަމަ ވެދާނެ ކަމެކެވެ. އޭނަ މިހާރު އަންނަނީ އަހަރުގެ ފަހުކޮޅު ރިލީޒް ކުރަން ހަމަޖެހިފައިވާ ޑައިރެކްޓަރު ސިދާތު އާނަންދުގެ އެކްޝަން ތުރިލާ "ކިންގް" ގެ މަސައްކަތް ކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ފިލްމުގެ ރޯލަކަށް ވިދިއާ ބަލަން ވެސް ދާދި ފަހުން ސޮއިކޮށްފައިވެ އެވެ. އަދި ފިލްމުގެ ވިކިޕީޑިއާ ޕޭޖްގައި ވެސް ވިދިއާގެ ނަން ހިމަނާފައިވެ އެވެ. އަންނަ އަހަރުގެ ޖޫން 12 ގައި ގެނެސްދޭން ހަމަޖެހިފައިވާ "ޖެއިލާ 2" ގެ ކާސްޓްގައި ރާމިއާ ކްރިޝްނަން، އެސްޖޭ ސޫރިއާ، ޔޯގީ ބާބޫ، މިރްނާ އަދި އަންނާ ހިމެނެ އެވެ.

މި ފިލްމަކީ 2023 ގައި އެކްޝަން ކޮމެޑީއެއްގެ ގޮތުގައި ގެނެސްދިން "ޖެއިލާ" ގެ ސީކްއެލް އެވެ.