Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

ބަންކަރިން ހިދުމަތުން 282 މިލިއަންގެ އާމްދަނީއެއް

މިދިޔަ އަހަރު ފެށި ބަންކަރިން ހިދުމަތުން 282 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެސްޓީއޯ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ގުޅިގެން އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގަ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު ސައީދު ވިދާޅުވީ، މިހާތަނަށް ބަންކަރިން ހިދުމަތުން 282 މިލިއަން ރުފިޔާ ލިބިފައިވާ އިރު، ޓެކުހުގެ ގޮތުގައި އިތުރު 24 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. ބަންކަރިންގެ މުސްތަގުބަލު އެބަ އޮތް ކަމަށާއި އެ މަސައްކަތް ހުއްޓާނުލާނެ ކަމަށްވެސް ސައީދު ވިދާޅުވި އެވެ.

"އަދި މީގެ މުސްތަގުބަލު އޮތީ. މި މަސައްކަތް އަޅުގަނޑުމެން ހުއްޓައެއް ނުލާނަން ކޮޅެއްގައި ނުޖައްސައެއް،" ސައީދު ވިދާޅުވި އެވެ.

ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު ކުންފުނި، ވިޓޯލްއާ ގުޅިގެން އޯފްޝޯ ހިދުމަތެއްގެ ގޮތުގައި ބަންކަރިންގެ ހިދުމަތް ފަށާފައިވާއިރު އެ ހިދުމަތަށް އެސްޓީއޯ އިން ބޭނުންކުރަނީ ދެ ބޯޓެކެވެ.