Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

އެކަނިވެރި މައިންގެ އެލަވަންސް 3000ރ. އަށް ބޮޑުކޮށްފި

އަންނަ އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އެކަނިވެރި މައިންނަށް ދޭ އެލަވަންސް 3،000 ރުފިޔާއަށް ބޮޑުކުރަން ގަވާއިދު އިސްލާހުކޮށްފި އެވެ.

އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރިންގެ ތަރުބިއްޔަތަށްޓަކައި މިހާރު ދޭ އަދަދު 12،000ރ. އަށް ވުރެ އިތުރު ނުވާ ގޮތަށް ކޮންމެ ދަރިއަކަށް މަހަކު 3،000ރ. ގެ ރޭޓުން އިތުރު ކޮށްދިނުމަކީ ރައީސް މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ ވައުދެކެވެ.

އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް މާލީ އެހީ ދިނުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހާއެކު ހަތަރު ކުދިންނާ ހަމައަށް ކޮންމެ ކުއްޖަކަށް އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ލިބޭނެ އެވެ. އަދި ހަތަރު ކުދިންނަށްވުރެ އިތުރަށް ކުދިން ތިބިނަމަ، އިތުރުވާ ކޮންމެ ކުށްޖަކަށް މާލީ އެހީގެ ގޮތުގައި ކޮންމެ މަހަކު 1،000 ރުފިޔާ ލިބޭނެ އެވެ.

މި ގަވާއިދުގެ ދަށުން އެކަނި ދަރިން ބަލަހައްޓާ މައިންނަށް ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ގޮތުގައި ކޮންމެ މަހެއްގެ ތެރޭގައި އެންމެ ގިނަވެގެން ލިބިދެވޭނީ 15،000ރ. ކަމަށްވެސް ބުނެފައިވެ އެވެ. އަދި ކޮންމެ އަހަރެއްގެ ތެރޭގައި އެންމެ ގިނަވެގެން ލިބިދެވޭނީ 180،000ރ. ކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.