Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

ފަރެސްމާތޮޑާ ބިން ހިއްކުމާއި ފިޔޯރީ މަގުހަދަން ހަވާލުކޮށްފި

ގދ. ފަރެސްމާތޮޑާގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުއާއި، ފިޔޯރީގެ މަގުހެދުމުގެ މަޝްރޫއު ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފި އެވެ.

ފަރެސްމާތޮޑާގެ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީ އާ ހަވާލުކޮށްފައިވާއިރު، ފިޔޯރީގެ މަގުހެދުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއާ އެވެ.

ގދ. ފަރެސްމާތޮޑާ ބިން ހިއްކުމުެ މަޝްރޫއުގެ ދަށުން އެ ރަށުގެ 18 ހެކްޓަރުގެ ބިން ހިއްކުމާއި، ހިއްކާ ސަރަހައްދު ހިމާޔަތްކުރުމުގެ ގޮތުން 620 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 142,674,912.00 ރުފިޔާ އަށް 270 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ފިޔޯރީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 71,208,238.32 ރުފިޔާއަށެވެ. މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް ކޮންޓްރެކްޓްގައި ކަނޑައަޅާފައިވަނީ 730 ދުވަހުގެ މުއްދަތެކެވެ.

މި ދެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.ޢަބްދުالله މުއްޠަލިބް އެވެ.