Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

އެތެރެ ކުރަން އުޅުނު 40 ކިލޯގެ ޑްރަގްސް އަތުލައިގެންފި

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި އެވެ.

މި ތަކެތި އަތުލައިގެންފައިވަނީ ޗޮކްލެޓް ސިރަޕް ފުޅިތަކެއް ބަލައިފާސްކުރުމުގައި ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަވުމުން ހިންގި އޮޕަރޭޝަނެއްގަ އެވެ.

ކަސްޓަމްސް އިން ބުނީ މި އޮޕަރޭޝަނުގައި، ފުޅިތަކުގެ ތެރޭ ހުރި ތަކެތި ޓެސްޓުކޮށް އެއީ ކޮންޗެއްތޯ ބަލާފައިވާ ކަމަށާއި މި ތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓުކުރުމުން ޕޮޒިޓިވްވެފައިވަނީ ހަޝިޝް އޮއިލަށް ކަމަށެވެ.

އެ ތަކެތީގެ ބަރުދަން 40 ކިލޯ އަށް ވުރެ މަތިވާނެ ކަމަށާއި މަގުމަތީގެ އަގު ވެސް 30 މިލިއަނަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.