އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީގައި މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީއު (ޔޫއްޕެ) ވާދަކުރަން ނިންމައިފި އެވެ.
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ޕީއެންސީގެ ކައުންސިލް ޕްރައިމަރީގައި ޔޫއްޕެ ވާދަކުރަނީ މައްޗަންގޮޅި އުތުރު ދާއިރާ އަށެވެ. އެ ދާއިރާގެ ޕްރައިމަރީގައި ޔޫއްޕެގެ އިތުރުން އިތުރު ތިން ކެންޑިޑޭޓަކު ވާދަކުރެ އެވެ.
ޔޫއްޕެ ޕީއެންސީ އަށް ސޮއިކުރީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ. ޔޫއްޕެ މީގެކުރިން ވަނީ ޖުމްހޫރީ ޕާޓީގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފަ އެވެ.
ޔޫއްޕެ އަކީ އެކްޓަރެއްގެ ގޮތުން ޑައިރެކްޓަރެއް، ޕްރޮޑިއުސަރެއް އަދި ސްކްރީން ރައިޓަރެއް ވެސް މެ އެވެ.