Last Updated: June 27, 18:22
Saturday, June 27, 2026
ކުޅިވަރު

ސ. ފޭދޫ، ށ.ފޯކައިދޫ އަދި ބ.އޭދަފުށި ސެމީ ކަަށަވަރުކޮށްފި

ފޮޓޯ: ފަރުޒޫން މުހައްމަދު

ހދ. ކުޅުދުއްފުށި އަދި ސ. ހިތަދޫގައި ކުރިއަށްދާ މިނިވަން 50 ޗެމްޕިއަންޝިޕްގެ ފައިނަލް ބުރުގެ މިއަދުގެ މެޗްތައް ކުޅެ ނިމުނު އިރު ސ. ފޭދޫ އަދި ށ.ފޯކައިދޫއާއި، ބ.އޭދަފުއްޓާއި މުބާރާތުގެ ސެމީފައިނަލް ކަށަވަރުވެއްޖެއެވެ.

ސ.ފޭދޫ ސެމީފައިނަލުން ޖާގަ ހޯދީ މިއަދު ހަވީރު އައްޑޫ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ވ. ކެޔޮދޫ ޓީމް 6-1 ން ބަލިކޮށްގެންނެވެ. މިނަތީޖާއާއެކު ކެޔޮދޫ ވަނީ ކަޓާފައެވެ. މިގްރޫޕުން ސެމީފައިނަލްގެ ދެވަނަ ޖާގަ ލިބޭ ޓީމެއް ކަށަވަރުވާނީ މާދަމާ ފަރެސްމާތޮޑާއާއި، ލ.ގަން ވާދަކުރާ މެޗު ނިމުމުންނެވެ. އެމެޗުން މޮޅުވާ ޓީމަކަށް ސެމީގެ ޖާގަ ލިބޭނެއެވެ. އެ މެޗް އެއްވަރު ވެއްޖެނަމަ ސެމީއަށްދާނީ ފަރެސް މާތޮޑާއެވެ.
12509227_10153541379329830_2431891695025357412_n

ފޯކައިދޫއާއި، އޭދަފުއްޓަށް ސެމީފައިނަލް ކަށަވަރުވީ ކުޅުދުއްފުށީފައި މިއަދު ކުޅުނު މެޗު އެއްވަރުވެ، އެމެޗުގައި ވާދަކުރި ދެ ޓީމް ކެޓުމުންނެވެ. ނޮޅިވަރަމްއާއި މާމިގިލި ވާދަކުރި މެޗު އެއްވަރުވީ 1-1 ނެވެ. ގްރޫޕްގެ އެއްވަނަ ހޯދުމަށް މިދެޓީމް މާދަމާ ވާދަކުރާނެއެވެ. ސެމީފައިނަލް ދެމެޗާއި ފައިނަލް މެޗު އަދި ތިންވަނަ ހޮވާ މެޗު ކުޅޭނީ އައްޑޫ ސްޓޭޑިއަމްގައެވެ.