Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

މަރަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތެއް ހުޅުވައިފި

އައްޑޫ މަރަދޫގައި އަލަށް ޢިމާރާތް ކުރިު މިސްކިތް ހުޅުވައިފި އެވެ.

މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވި ރަސްމިއްޔާތެއްގައި "މަސްޖިދު ރައްޔާން" ހުޅުވައި ދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރެވެ.

މަރަދޫ ބަނދަރު މަތީގައި އިމާރާތްކޮށްފައިވާ މި މިސްކިތަކީ މިދިޔަ ސަރުކާރުން ހިންގި މަޝްރޫއެކެވެ. ޖުމްލަ 500 މީހުންގެ ޖާގައިގެ މި މިސްތުގެ ބިންގާ އެޅީ އެޅީ މާޗް 10، 2022 ގަ އެވެ. މިސްކިތުގެ ކޮންޓްރެކްޓަރަކީ ހިތަދޫ ކުންފުންޏެއް ކަމަށްވާ ބީއޭޕީސީ އެވެ.

މަރަދޫ އާ މިސްކިތް މިއަދު ހުޅުވާފައިވާއިރު، މިއީ ހިތްގައިމު ރީތި އަދި މަރަދޫގެ މަލަމައްޗަށް ވެސް އިތުރު ފުރިހަމަކަމެއް ގެނުވައި ދީފައިވާ ބިނާއެކެވެ.