Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

ތެރަޕިސްޓުން ތަމްރީނު ކުރުމުގެ މަޝްރޫޢެއް ފަށަނީ

ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށްޓެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ 250 ދިވެހި ތެރަޕިސްޓުން ތަމްރީނުކުރުމުގެ ޤައުމީ މަޝްރޫޢެއް ފެށުމަށް ރައީސް މުޢިއްޒު ނިންމަވާފައިވާ ކަމަށެވެ.

އަންނަ އަހަރު މި މަޝްރޫއު ފެށޭނެ ކަމަށާއި އެ މަޝްރޫޢުގެ ދަށުން ސްޕީޗް ތެރަޕިސްޓުންނާއި އޮކިއުޕޭޝަނަލް ތެރަޕިސްޓުންނާއި ބިހޭވިއަ ތެރަޕިސްޓުންގެ އިތުރުން ސައިކޯ ތެރަޕިސްޓުން ތަމްރީން ކުރުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަންނަ އަހަރަށް ފާސްކުރި ބަޖެޓުގައި އެންމެ އިސްކަން ދީފައި އޮންނާނީ ސިއްހީ ދާއިރާއަށް ކަމަށާއި އެ މަނިކުފާނުގެ ސިޔާސަތަކީ ސަރުކާރުން އެ ދާއިރާއަށް ބޮޑު އިންވެސްޓްމެންޓެއް ކުރުން ކަމަށް ރައީސް ވަނީ ދާދިފަހުން ވިދާޅުވެފަ އެވެ.