ރިސޯޓެއްގެ ޑަސްބިނެއްގެ ތެރެއިން ވިހެއުމަށް ފަހު، އެއްލައިލައިފައިވާ ތުއްތު ކުއްޖަކު ފެނިއްޖެ އެވެ.
ފުލުހުން ބުނީ، ވ. އަތޮޅު ރިސޯޓެއްގައި 27 އަހަރުގެ ދިވެހި އަންހެނަކު ބަލިވެ އިނދެ، ކުއްޖާ ބައިގެން ގޮސް ނިޔާވެފައިވާ މައްސަލައެއް ހުށަހެޅީ އިއްޔެ ހެނދުނު 10:06 އެހާއިރު ކަމަށެވެ.
އެނގިފައިވާ މިއީ ވ. އަތޮޅު ސިނަމަން ވިލުފުށީ ރިސޯޓުގައި ކައިވެނިން ބޭރުން އަންހެނަކު ބަލިވެއިނދެ, ބައިގެންގޮސްފައިވާ ކުއްޖެކެވެ.
އެ ސަރަހައްދުން ކުނި ވަސް ދުވައިގެން ހޯދަމުން ދަނިކޮށް، އެ ސަރަހައްދުގައި ބަހައްޓައިފައި ހުރި ޑަސްބިނަކުން ތުއްތު ކުއްޖާ ފެނިފައިވާ ކަމަށް މަޢުލޫމާތު ލިބެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.