Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

ޕީއެންސީގެ ޕްރައިމަރީ ކުރިއަށް

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ޕީއެންސީން ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން ބާއްވާ ޕްރައިމަރީ މިއަދު ފަށައިފި އެވެ.

ހެނދުނު 9:00 ގައި ފެށި ޕްރައިމަރީ ހަވީރު 4:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.

މި ޕްރައިމަރީގައި 297 ކެންޑިޑޭޓުން ވާދަކުރާނެއެވެ. އެއީ، ކައުންސިލް މެންބަރުންނަށް ވާދަކުރާ 82 ކެންޑިޑޭޓުންނާއި، ކައުންސިލްތަކުގެ އަންހެނުންނަށް ޚާއްސަ ގޮނޑިތަކަށް ވާދަކުރާ 48 ކެންޑިޑޭޓުންނާއި، ކައުންސިލްތަކުގެ ރައީސުންނަށް ވާދަކުރާ 47 ކެންޑިޑޭޓުންނާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ރައީސުންނަށް ވާދަކުރާ 19 ކެންޑިޑޭޓުންގެ އިތުރުން އެ ކޮމިޓީގެ މެންބަރުންނަށް ވާދަކުރާ 98 ކެންޑިޑޭޓުުންނެވެ.

ޕްރައިމަރީ މިއަދު ބާއްވާ އިރު ޕްރައިމަރީއަކާ ނުލައި ބައެއް ދާއިރާތަކުގެ ޓިކެޓް ބައެއް މީހުންނަށް ލިބިފައިވެ އެވެ.

ޕީއެންސީން ވަނީ، ޕްރައިމަރީއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް އޮތް ނަމަ 9323686 އަށް ވައިބާ ނުވަތަ ވަޓްސްއެޕް މެދުވެރިކޮށް ހުށަހަޅަން އެދިގަ އެވެ.

ޕީއެންސީގެ މެންބަރުންގެ އަދަދު 68،665 އަށް އަރާ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ދަފުތަރުން ދައްކާ އެވެ.