Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

ފިޔޯރީގެ މަގުތައް ހަދަން އާރްޑީސީ އަށް

ގދ. ފިޔޯރީގެ މަގުތައް ހަދަން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްފި އެވެ.

މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން މި މަހުގެ 25 ގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބެވެ. އާރްޑީސީގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އަޙްމަދު ނަޒީމެވެ.

މަސައްކަތް ފަށާތާ 730 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި މަޝްރޫއު އާރްޑީސީއާ ހަވާލުކުރީ ޖުމްލަ 71,208,238.32ރ. އަށެވެ.