ބޮލީވުޑްގެ މަޝްހޫރު ތަރި، ނޯރާ ފަތުހީ މަޝްހޫރު ފުޓްބޯޅަ ތަރިއަކާ ރައްޓެހިވެގެން އުޅޭ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ނަމަވެސް 33 އަހަރުގެ ނޯރާ ރައްޓެހިވެގެން އުޅެނީ ކޮން ގައުމެއްގެ ކޮން ނަމެއް ކިޔާ ފުޓްބޯޅަ ކުޅުންތެރިޔަކާ ކަމެއް ހާމައެއް ނުކުރެ އެވެ. އެކަމަކު ބައެއް މީޑިއާތަކުން ވަނީ އެއީ މޮރޮކޯ އަށް ނިސްބަތްވާ ކުޅުންތެރިއެެއްކަމުގެ އިޝާރާތެއް ދީފަ އެވެ. އަދި މިހާރު މޮރޮކޯގައި ކުރިއަށްދާ މި އަހަރުގެ އެފްރިކަން ކަޕް އޮން ފޭޝަން އެފްކޮންސް) ގައި ވެސް ނޯރާގެ ލޯބިވެރިޔާ ކުޅޭތީ އެ ގައުމަށް ވެސް ދާދި ފަހުން އޭނަ ގޮސްފައިވެ އެވެ.
މޮރޮކޯ ވެސް ހިމެނޭ ގޮތަށް މި މަހުގެ 21 ގައި ޖުމްލަ 24 ގައުމަކާ އެކު ފެށި މުބާރާތް އަންނަ މަހުގެ 18 އާ ހަމައަށް ކުރިއަށް ދާނެ އެވެ.
ނޯރާ އަކީ މޮރޮކޯ ދަރިކޮޅަށް ނިސްބަތްވާ ކެނެޑާ އަށް އުފަން ފަންނާނެކެވެ. މޮޅު ނެށުންތެރިއެއްގެ އިތުރުން ބަތަލާއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރަމުން އަންނަ ނޯރާ އަކީ ލަވަކިޔުންތެރިއެއް ވެސް މެ އެވެ.
އޭނަ ފުޓްބޯޅަ ތަރިއަކާ ޑޭޓް ކުރަމުން އަންނަ ވާހަކަ މީޑިއާތަކުގައި ދެކެވެމުން އަންނަ އިރު، ބޮލީވުޑްގެ އެކްޓަރު އަންގަދު ބޭދީއާ ނޯރާ ކުރިން ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި އެވެ. މިހާރު ދެ ދަރިން ވެސް ތިބި އަންގަދަކީ މިހާރު ބަތަލާ ނޭހާ ދޫޕިއާގެ ފިރިމީހާ އެވެ.
އެ ދެ މީހުން ކައިވެނިކުރީ 2018 ގަ އެވެ.