ގދ. ފަރެސްމާތޮޑާގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
މިކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މި މަހުގެ 25 ގަ އެވެ. ކޮންސްޓްރަކްޝަން މިނިސްޓްރީގެ ސޮއި ކުރެއްވީ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބެވެ. އެމްޓީސީސީ.ގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ.
މަސައްކަތް ފަށާތާ 270 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މަޝްރޫއު ހަވާލުކުރީ 142.7 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫޢުގެ ދަށުން ފަރެސްމާތޮޑާ އިން 18 ހެކްޓަރުގެ ބިންހިއްކައި 620 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖަހާނެ އެވެ.