ކުޑަ ފިރިހެން ކުއްޖަކާ ބެހިގެން އައްޑޫ އިން ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ހައްޔަރުކޮށްފައި ވަނީ 40 އަހަރުން މަތީގެ ފޭދޫ މީހެކެވެ. އެނގިފައިވާ ގޮތުގައި އޭނަ ހައްޔަރުކުރީ މަރަދޫފޭދޫން ކައިވެނިކޮށްގެން އުޅޭ އަންހެން މީހާގެ އާއިލީ ކުއްޖަކާ ބެހިގެންނެވެ. ގިނަ ދުވަސްތަކެއް ވަންދެން ފިރިހެން މީހާ ބެހިފައި ވަނީ 10 އަހަރުގެ ކުއްޖަކާ އެވެ.
މި މައްސަލަ ފަޅާއަރައި އޭނަ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މި މައްސަލަ މިހާރު އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. ނަމަވެސް މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ދީފައެއް ނުވެ އެވެ.