Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ސިންގަޕޫރަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު މިއަދު ސިންގަޕޫރަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުންގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ.

މިއީ ނުރަސްމީ ދަތުރުފުޅަކަށް ވާތީ މި ދަތުރުފުޅުގެ އިތުރު އެއްވެސް މައުލޫމާތެއްވެސް ރައީސް އޮފީހުން ހިއްސާކޮށްފައިނުވެ އެވެ.

މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ސިންގަޕޫރަށް ރައީސް ކުރައްވާ ފަސްވަނަ ނުރަސްމީ ދަތުރުފުޅެވެ