Last Updated: July 9, 06:10
Thursday, July 9, 2026
ޚަބަރު

ކޯޓަށް ހާޒިރުކުރަން ހޯދި އިޒާމް ފުލުހުންނާ ހަވާލުވެއްޖެ

ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ނުވަ ފަހަރެއްގެ މަތިން ހޯދަން އިއުލާނުކޮށްގެން ވެސް ނުފެނުނު އިޒާމް ޒާހިރު އަމިއްލައަށް ފުލުހަށް ހާޒިރުވެއްޖެ އެވެ.

ލުހުން ރޭ ބުނީ އިޒާމް، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް އެކި ފަހަރު މަތިން ކޯޓުން ފުލުހުންގެ މައްޗަށް އަމުރުކޮށްފައިވާ ކަމަަށެވެ. އަދި އޭނާ ކޯޓަށް ހާޒިރުކުރުމަށް ހޯދުމަށްޓަކައި ނުވަ ފަހަރެއްގެ މަތިން ފުލުހުން ވަނީ އިއުލާންކޮށްފައި ކަމަަށެވެ.

ފުލުހުން މިއަދު ބުނީ އިޒާމް ޒާހިރު މިއަދު އަމިއްލައަށް ފުލުހުންގެ ކަސްޓޯޑިއަލްއަށް ހާޒިރުވުމުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އިޒާމް ހައްޔަރުކޮށްފައިވަނީ ބަންދުގައި ބަހައްޓައިގެން ޑިސެންބަރު 30 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރު ތަންފީޒުކުރުމަށް ކަމަށް ވެސް ބުންޏެވެ.