Last Updated: July 9, 10:00
Thursday, July 9, 2026
ޚަބަރު

މީހަކަށް އަނިޔާކޮށް އެއްލާލި ދެ މީހަކު ހައްޔަރުކޮށްފި

ވައްކަމެއް ކުރި ކަމަށް ތުހުމަތު ކުރެވުނު މީހަކަށް އަނިޔާކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަ ގޮތުގައި އެމީހާއަށް ވައްކަން ކުރި ކަމަށް ތުހުމަތުކޮށް، އެމީހާ ބިންމައްޗަށް ވައްޓާލައި ވަނީ އަނިޔާކޮށްފަ އެވެ. އަދި އެމީހާގެ ފައިގައި ހިފައި ބިންމަތީގައި ދަމާފައި މޫދަށް އެއްލާލާ މަންޒަރުވެސް ފެނެ އެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކޮށްފައިވަނީ ބ. ހިތާދޫ / އަންދަލީބުގެ، އަޙްމަދު ޝަރީފް (50އ) އާއި ލ. އިސްދޫ / ބްލޫކިޔާގެ، އަޙްމަދު ޚާތިމް (49އ) އެވެ.

މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފަ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.