Last Updated: June 6, 14:55
Saturday, June 6, 2026
މުނިފޫހިފިލުވުން

މިއޮތީ ސަލްމާންގެ އުފަން ދުވަހު ދިން ހަދިޔާ

މިއަދު ފާހަގަކުރާ ސަލްމާން ޚާންގެ 60 ވަނަ އުފަން ދުވަހުގެ ހަދިޔާއެއްގެ ގޮތުން އޭނަގެ ފަރާތުން ފޭނުންނަށް އާ ފިލްމު "ބެޓްލް އޮފް ގަލްވާން" ގެ ޓީޒާ ދައްކާލައި، ފިލްމު ރިލީޒްކުރާ ތާރީހު ވެސް އިއުލާންކޮށްފި އެވެ.

އާދައިގެ މަތިން ބެލުންތެރިންނަށް ފިލްމު ގެނެސްދޭން ނިންމީ ފިތުރު އީދުގަ އެވެ. އެގޮތުން "ބެޓްލް އޮފް ގަލްވާން" ސިނަމާތަކަށް ދޫކޮށްލާނީ އަންނަ އަހަރުގެ މާޗް 17 ގަ އެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މި އަހަރުގެ ފިތުރު އީދުގައި ގެނެސްދިން "ސިކަންދަރު" އެވެ.

ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް-ޕްރޮޑަކްޝަން މަރުހަލާގައި އޮތް "ބެޓްލް އިފް ގަލްވާން" އަކީ އަކީ އަޕޫރްވާ ލާކިއާގެ ޑައިރެކްޝަނެކެވެ. މިއީ އޭނައާ އެކު ސަލްމާން މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.

ސަލްމާން އަސްކަރީ އޮފިސަރެއްގެ ރޯލު ކުޅެފައިވާ "ބެޓްލް އޮފް ގަލްވާން" އަކީ އިންޑިއާ އާއި ޗައިނާއާ ދެމެދު ގަލްވާން ވެލީގައި 2020 ގައި ހިނގި ކުރިމަތިލުންތަކެއްގެ މައްޗަށް ބިނާކޮށް ލިޔުންތެރިން ކަމަށްވާ ޝިވް އަރޫރް އާއި ރާހުލް ސިންގް ލިޔެފައިވާ "އިިންޑިއާސް މޯސްޓް ފިއަލެސް 3" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމެކެވެ.

މީގެ ކާސްޓްގައި ޗިތުރަންދަގާ ސިންގް އާއި އަންކޫރް ބާޓިއާ އަދި އަބިލާޝް ޗައުދަރީ ފަދަ ފަންނާނުން ހިމެނެ އެވެ.