Last Updated: June 6, 14:55
Saturday, June 6, 2026
ދުނިޔެ

ހައިވޭއެެއްގައި ނުރައްކާތެރި އެކްސިޑެންޓެއް، ދެ މަރު

ޖަޕާންގެ ހައިވޭއެއްގައި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ މީހަކު މަރުވެ، ގިނަ އަދަދެއްގެ ބަޔަކު ޒަހަމްވެއްޖެ އެވެ.

މީޑިއާތަކުން ބުނީ ގަންމާ ޕްރިފެކްޗާގެ ކަނެޓްސޫ އެކްސްޕްރެސްވޭގައި މި އެކްސިޑެންޓް ހިނގީ ހައިވޭގައި ދެ ޓްރަކެއް މުޑިއަރައިިގެން، ގިނަ އަދަދެއްގެ ވެހިކަލްތަކެއް ޖެހިގެންން ކަމަށެވެ. އެގޮތުން އެކްސިޑެންޓްގައި ގެއްލުންވި ވެޖިކަލްތަކުގެ އަދަދު 50 އަށް އަރަ އެވެ. އަދިއޭގެ ތެރެއިން 10 ވެހިކަލެއްގައި އަލިފާން ވެސް ރޯވެފައިވެ އެވެ.

މި ހާދިސާގައި މަރުވެފައިވާ ދެ މީހުންގެ ތެރެއިން އެކަކީ އުމުރުން 77 އަހަރުގެ އަންހެނެކެވެ. އަދި އަނެއް މީހާ އަކީ އެކްސިޑެންޓްވި ދެ ޓްރަކްގެ ތެރެއިން އެކަތީގެ ޑްރައިވަރެވެ. މި އެކްސިޑެންޓްގައި 26 މީހަކު ޒަހަމްވެގެން ފަރުވާ ދެމުން އަންނަ އިރު، އޭގެ ތެރެއިން ފަސް މީހެއްގެ ހާލު ސީރިއަސް ކަމަށް ފުލުހުންނާ ހަވާލާދީ މީޑިއާތަކުން ބުންޏެވެ.

ހައިވޭގައި މި ނުރައްކާތެރި އެކްސިޑެންޓް ހިނގީ ކަމަށް ބެލެވެނީ ސްނޯގެ އަސަރުކޮށް، ފިނީގެ ސަބަބުން ހައިވޭ މަތީގައި ފިނިހެދި ޓްރަކްތަކެއް ކައްސާލައިގެ އެކަތި އަނެއްކެއްޗާ މުޑި އަރައިގެންނެވެ.