Last Updated: July 9, 10:00
Thursday, July 9, 2026
ޚަބަރު

މީދޫ ރަށު ކައުންސިލް ރައީސްގެ ޓިކެޓް ސާލިހާއަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ސ. މީދޫ ރަށު ކައުންސިލްގެ ރައީސްގެ ޓިކެޓް އާމިނަތު ސާލިހާ ހޯއްދަވައިފި އެވެ.

ސާލިހާ މި ޓިކެޓް ހޯއްދެވީ މިއަދު ބޭއްވި ޕީއެންސީގެ ކައުންސިލް ޕްރައިމަރީގައި އަހުމަދު ޝާތިރު އާއި ވާދަކޮށްގެންނެވެ.

ސާލިހާ އަކީ މިހާރު ހިނގަމުންދާ ކައުންސިލް ދައުރުގެ މީދޫ ދާއިރާގެ ކައުންސިލަރެވެ.

އައްޑޫ ސިޓީ ކައުންސިލާ ވަކިވެ، މީދު އާއި ހުޅުދޫގައި ރަށު ކައުންސިލް ހަދަން ފެންނަ ކަމަށް ރައްޔިތުން ނިންމީ މިދިޔަ އޮކްޓޫބަރު މަހުގެ 25 ގައި ނެގި ފެންނަ ނުފެންނަ ވޯޓުންނެވެ.

އެހެންވެ އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މީދު އާއި ހުޅުދޫގައި ބާއްވާނީ ރަށު ކައުންސިލް އިންތިހާބެވެ.