Last Updated: July 9, 10:00
Thursday, July 9, 2026
ޚަބަރު

މުޅި އައްޑޫ އިން ކަރަންޓް ކެނޑިއްޖެ

މުޅި އައްޑޫ ސިޓީން ކަރަންޓް ކެނޑިއްޖެ އެވެ.

ފެނަކައިން ބުނީ ކަރަންޓު ކެނޑުނީ އިންޖީނަކަށް މައްސަލައެއް ދިމާވެގެން ކަމަށާއި މި މައްސަލަ ހައްލުކޮށް އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެގޮތުން ފެނަކައިން މިހާރު ވަނީ ހިތަދޫގެ ބައެއް ސަރަހައްދުތަކަށް އަލުން ކަރަންޓު ދީފަ އެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބި ރައްޔިތުން ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އައްޑޫއަކީ ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީ އެވެ.