Last Updated: June 10, 20:13
Wednesday, June 10, 2026
ޚަބަރު

ޕީއެންސީ މޫލެކެޑެ ދާއިރާގެ ޓިކެޓް ސައީދަށް

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން އައްޑޫ ސިޓީ ހިތަދޫ މޫލެކެޑެ ދާއިރާގެ ޓިކެޓް އަހުމަދު ސައީދު ހޯއްދަވައިފި އެވެ.

ސައީދު މި ޓިކެޓް ހޯއްދެވީ އިއްޔެ ބޭއްވި ޕީއެންސީގެ ކައުންސިލް ޕްރައިމަރީގައި ފަޒްނާ އަބްދުލް މަޖީދާއި ވާދަކޮށްގެންނެވެ. ސައީދަކީ މިހާރު ހިނގަމުންދާ ކައުންސިލް ދައުރުގައި ވެސް މޫލެކެޑެ ދާއިރާ ތަމްސީލުކުރައްވަމުން ގެންދަވާ ކައުންސިލަރެވެ.

ކުރިން އެމްޑީޕީގައި އުޅުއްވި ސައީދު މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމަށް ފުރަތަމަ އިންތިހާބުވީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވައިގެންނެވެ.

މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ސައީދު އަމިއްލަ ގޮތުން ހިތަދޫ އުތުރު ދާއިރާ އަށް ވާދަކުރެއްވި އެވެ.