އަންނަ އަހަރު ބާއްބާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ކޮމިޓީގެ އިންތިހާބަށް އާންމުން ހޭލުންތެރިކުރަން "ރަށުގެ ކުރިމަގު" ގެ ނަމުގައި ޓިކްޓޮކް މުބާރާތެއް ބާއްވަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
މި މުބާރާތުގައި ބައިވެރިވާން ވެސް މިހާރު ހުޅުވާލާފައިވާ އިރު، އުމުރުން 18 އަހަރުން މަތީގެ ކޮންމެ މީހަކަށް، އަދި އެކި މީހުން ހިމެނޭ ޓީމެއް ގޮތަށް ބައިވެރިވެވޭނެ އެވެ. މި މުބާރާތުގެ އެއްވަނަ ޓީމަށް 5،000ރ. ދެވަނަ އަށް 3،000ރ. އަދި ތިންވަނަ އަާް ޓީމަށް 2،000ރ. ހުށަހަޅާފައިވެ އެވެ. ރުފިޔާ އެވެ.
މުބާރާތުގައި ބައިވެރިވުމުމުގެ ފުރުސަތު މި މަހުގެ 31 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
މުބާރާތަށް ޓިކްޓިކް ވީޑިއޯ ތައްޔާރު ކުރަން ޖެހޭ މައުޟޫތައް:
* ވޯޓު ލުމަށް ބޭނުންކުރާ ރަސްމީ ލިއުންތައް
* އިންތިހާބެއްގެ ތެރޭގައި ކޮށްގެން ނުވާނެ ކަންކަން
* ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމުގެ މުހިންމުކަން
* އިންތިހާބާ ގުޅޭ ގޮތުން ފަތުރާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމުގެ މުހިންމުކަން
މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމަކަށް ތައްޔާ ރުކުރެވޭނީ ކޮންމެ މައުލޫއަކަށް މަދުވެގެން އެއް ވީޑިއޯ އެވެ. އަދި ވީޑިއޯގެ ދިގުމިން ހުންނަން ޖެހޭނީ 30 ސިކުންތާއި 90 ސިކުންތު (1 މިނެޓާއި 30 ސިކުންތު) އާ ދެމެދުގަ އެވެ.
މުބާރާތަށް ތައްޔާރުކުރާ ވީޑިއޯއެއް ވަކި ސިޔާސީ ކޮޅަކަށް ބުރަވެގެން ނުވާނެ ކަމަށް އީސީން ބުންޏެވެ. އަދި ނަފްރަތު އުފެއްދުމުގެ އެއްވެސް ކަމެއް ވެސް ހިމެނިގެން ނުވާނެ ކަމަށާއ އިސްލާމް ދީނުގެ ހަމަތަކާ ހިލާފު، އާންމު އަހުލާގީ މިންގަނޑަށް ނުފެތޭ ބަހާއި މަންޒަރު ވެސް ހުރެގެން ނުވާނެ ކަމަށް އީސީން ބުންޏެވެ.
އަންނަ އަހަރު ކައުންސިލް އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.