Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ފައްތާހަށް ކެލާ ކައުންސިލްގެ ރައީސްގެ ޓިކެޓް ލިބިއްޖެ

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި ހއ. ކެެލާ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަން ޕީއެންސީގެ ޓިކެޓް ހޯދަން ޕްރައިމަރީގައި ވާދަކުރި ކުރީގެ ފިލްމުގެ ޑައިރެކްޓަރު އަބްދުލް ފައްތާހަށް ޓިކެޓް ލިބިއްޖެ އެވެ.

މިއީ އިންތިހާބީ މަގާމަކަށް އަންނަން ފައްތާހް މިފަދަ އިންތިހާބެއްގައި ވާދަކުރި ފުރަތަމަ ފަހަރު ވެސް މެ އެވެ.

ކެލަ އަށް އުފަން ފައްތާހަކީ ރާއްޖޭގައި ފިލްމީ ދާއިރާ އިން އެންމެ ފާހަގަކޮށްލެވުނު އެއް ޑައިރެކްޓަރެވެ. އޭނަ ފިލްމީ ދާއިރާ ދޫކޮށްލައި ރަށަށް ބަދަލުވީ 2017 ގަ އެވެ. އެއީ އެ އަހަރު ގެނެސްދިން ފިލްމު "ހައްދު" އަށް ފަހު އެވެ. އޭގެ ފަހުން ފައްތާހް އަންނަނީ ކެލާގައި ރެސްޓޯރަންޓް ވިޔަފާރި ހިންގަމުންނެވެ.

އިއްޔެ ބޭއްވި ޕީއެންސީގެ ޕްރައިމަރީގައި ކެލާ ކައުންސިލަށް ވާދަކުރަން ޓިކެޓް ލިބުނު ކެލާގެ ޕީއެންސީގެ މެންބަރުންނަކީ ފައްތާހާއި ސުޒާނާ ސްލައިމާނާއި މޫސާ ނަޒީމާއި ހަދީޖާ އަބްދުﷲ ގެ އިތުރުން މޫސާ ހަލީލެވެ.

އަންނަ އަހަރުގެ ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އޮންނާނީ އެޕްރީލް 4 ގަ އެވެ.

ވެރިކަން ކުރާ ޕީއެންސީ އަކީ، އެ ދެ އިންތިހާބުގައި އެ ޕާޓީފެ ފަރާތުބް ވާދަކުރާނެ ކެންޑިޑޭޓުން ހޮވަން މި ފަހަރު އެންމެ ފުރަތަމަ ޕްރައިމަރީ ބޭއްވި ޕާޓީ އެވެ.