ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލުން ރަޝިއާގެ އޭރޯފްލޮޓްގެ ހިދުމަތް ވެސް ދޭން ފަށައިފި އެވެ،
އެކަން ފާހަގަކުރަން މިއަދު ޓާމިނަލް 1 ގައި ހާއްސަ ހަފުލާއެއް ވެސް ބާއްވައި، ބޯޓުން އައި ފެސެންޖަރުންނަށް ހަދިޔާ ވެސް ދީފައިވެ އެވެ. އޭރޯފްލޮޓަކީ އާ ޓާމިނަލަށް ހިދުމަތް ބަދަލުކުރި 39 ވަނަ އެއާލައިނެވެ.
ޒަމާނީ އާ ޓާމިނަލް ރަސްމީކޮށް ހުޅުވީ ޖުލައި 26 ގަ އެވެ.
އެ ޓާމިނަލުގައި 47 ޗެކިން ކައުންޓަރާއި، ހަ ސެލްފް ސާވިސް ކައުންޓަރާއި، 20 ޑިޕާޗަ އިމިގްރޭޝަން ކައުންޓަރާއި ހަ ޕެސެންޖަ ބޯޑިން ގޭޓާއި 12 އޭރޯ ބްރިޖް ހުރެ އެވެ.
މި ޓާމިނަލަކީ އަހަރެއްގެ މައްޗަށް 7 މިލިއަން މީހުންނަށް ޚިދުމަތް ދެވޭ ފެންވަރަށް ތަރައްޤީކޮށްފައިވާ ތަނެކެވެ.