ރާއްޖޭގެ މައި އެއާޕޯޓް ކަމަށްވާ ވެލާނާ އިންޓަ ނޭޝަނަލް އެއާޕޯޓް (ވީއައިއޭ) 11،000 އަށް ވުރެ ގިނަ ޕެސެންޖަރުން އަންނާނެ ކަމަށް ލަފާކޮށްފި އެވެ.
އެ އެއާޕޯޓް ހިންގަމުން އަންނަ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެށް (އެމްއޭސީއެލް) އިން ބުނީ މިއަދަކީ އެއާޕޯޓަށް ވަރަށް ބާރު ބޮޑުވާނެ ދުވަހެއް ކަމަށެވެ. އެހެންވެ ތޮއްޖެހުން ކުޑަކުރަން އެއާޕޯޓްގެ ހުރިހާ މުވައްޒަފުން ވެސް ރަނގަޅަށް ހަރަކާތްތެރިވުމަށް އަންގާފައިވެ އެވެ.
އެމްއޭސީއެލުން ބުނީ އާ ޓާމިނަލަށް މިއަދު 10،500 ފަސިންޖަރުން އަންނާނެ ކަމަށެވެ. އަދި ޓާމިނަލް ދޭކަށް (ބާ ޓާމިނަލް) އަށް 600 ފަސިންޖަރުން އަންނާނެ ކަަމަށް ލަފާކޮށްފައިވެ އެވެ.
އެހެންވެ މިއަދު ވާނީ މި އަހަރުގެ ޖުލައި 26 ގައި އާ ޓާމިނަލް ހުޅުވި ފަހުން މިއީ އެންމެ ބިޒީވާނެ ދުވަހަށެވެ. އެ ޓާމިނަލުން މިހާރު ޖުމްލަ 39 އެއާލައިިނެއްގެ ހިދުމަތް އަންނަނީ ދެމުންނެވެ
ވީއައިއޭގެ ތާރީހުގައި މިހާތަނަށް އެންމެ ގިނަ ފަސިންޖަރުން އައިސްފއި ވަނީ މިދިއަ އަހަރު އެވެ. އެގޮތުން އެ އަހަރުގެ ފެބްރުއަރީ 10 ގައި 11،207 ފަސިންޖަރުން ވީއައިއޭ އަށް ފޭބި އެވެ.
އަހަރުގެ މިހާތަނަށް ރާއްޖެ އަށް 2.1 މިލިއަން ޓޫރިސްޓުން އައިސްފައިވާ އިރު، ޓާގެޓަކީ އަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ހަމަކުރުމެވެ.
މިދިޔަ އަހަރު ރާއްޖެ އައީ 2 މިލިއަން ޓޫރިސްޓުންނެވެ.