Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ކުދި ވިޔަފާރި ކުރިއަރުވަން ފިޔަވަޅުތަކެއް

‏ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމަށް ފިޔަވަޅުތަކެއް އަޅަން ނިންމައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ އެ ދާއިރާގެ ވިޔަވެރިންނާ އެކު މި މަހުގެ 17 ގައި ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި، އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަންކަމާއި ސަރުކާރުން އެ ދާއިރާއާ ގުޅޭ ގޮތުން ކުރިޔަށް ގެންދާ އެކި ކަންކަމުގެ ނަތީޖާ ހެޔޮ ގޮތުގައި ބައްޓަން ކުރުމަށްޓަކައި، ކެބިނެޓްގައި މިދިޔަ ބުދަ ދުވަހު މަޝްވަރާ ކުރެވި ގިނަގުނަ ކަންތައްތަކެއް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާ އެކު ބޭއްވި ބައްދަލުވުމުގައި އިޢުލާނުކުރި ކަންކަމުގެ އިތުރުން، ކުރިއަށް އޮތް ދެ އަހަރަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ހާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ދެ އަހަރަށް ވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ އޭގެ ތެރެއިން ބައެއް ކަންކަން އަންނަ މަހުގެ 1 އިން ފެށިގެން ތަންފީޒު ކުރަން ފަށާނެ ކަމަށެވެ.

"މި ހުރިހާ ކަންކަމެއްގެ މަޢުލޫމާތު ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ޢިއުލާން ކުރަމުން ދާނެ." ރައީސް ވިދާޅުވި އެވެ.