Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ޓޫރިސްޓުންގެ އަދަދު 2.2 މިލިއަނަށް

އަހަރުގެ މިހާތަނަށް ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު 2.2 މިލިއަނަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ޓޫރިސްޓް އެރައިވަލްސްގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާ އިރު އިއްޔެގެ ނިޔަލަށް ޖުމްލަ 2،213،795 ޓޫރިސްޓުން އައިސްފައިެވ އެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތް އައީ 2،014،577 ޓޫރިސްޓުންނެވެ.

އަހަރު ނިމެން ކުޑަތަންވެފައިވާ އިރު މި މަހުގެ ފުރަތަމަ 27 ދުވަސްތެރޭގައި 191،734 ޓޫރިސްޓުން އައިސްފައިވެ އެވެ.

މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައި ފަސް ގައުމަކީ ޗައިނާ (328،503 ޓޫރިސްޓުން)، ރަޝިއާ (272،852 ޓޫރިސްޓުން)
އިނގިރޭސިވިލާތް (199،570 ޓޫރިސްޓުން)، ޖަރުމަން (166،079 ޓޫރިސްޓުން) އަދި އިޓަލީ (147،529 ޓޫރިސްޓުން) އެވެ.

ރާއްޖެ އަށް މިހާރު އެވްރެޖްކޮށް ދުވާލަކު 6،466 ޓޫރިސްޓުން އާދެ އެވެ.

މި އަހަރުގެ ޓާގެޓަކީ އަހަރު ނިމުމުގެ ކުރިން 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ.