Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އޭއީއެޗްގެ ހިތާނީ ކޭމްޕް ފަށައިފި

ސްކޫލް ބަންދާ ދިމާކޮށް އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އިން ކުރިއަށް ގެންދާ މި އަހަރުގެ ހިތާނީ ކޭމްޕަށް ފަށައިފި އެވެ.

އެތަނުން ހިތާނީ ކޭމްޕްގައި ހިތާނު ބާއްވަމުން އަންނަނީ ދުރާލައި ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް ހުޅުވާލައިގެންނެވެ. މި ކޭމްޕާ ބެހޭ މައުލޫމާތު ހޮސްޕިޓަލްގެ ހޮޓްލައިން 1632 އިން ހޯދޭނެ އެވެ.

އޭއީއެޗުން ކޮންމެ އަހަރަކު ވެސް ސްކޫލް ބަންދުތަކާ ދިމާކޮށް ހިތާނީ ކޭމްޕް ކުރިއަށް ގެންދެ އެވެ. އަދި ކޮންމެ އަހަރަކު ވެސް ހިތާނީ ކޭމްޕަށް ބޮޑު ތަރުހީބެއް ލިބެ އެވެ.