ހއ. ހޯރަފުށީ އެއާޕޯޓުގައި ހުންނަ ގައުމީ އެއާލައިން މޯލްޑިވިއަންގެ އޮފީސް ފަޅާލައިގެން ވައްކަންކޮށްފި އެވެ.
ފުލުހުން މިއަދު ބުނީ ހޯރަފުށީގެ މޯލްޑިވިއަން އެއާލައިންގެ އޮފީހުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ، އެ އޮފީހުން ވައްކަންކޮށްފައިވާ މައްސަލައެއްގެ ރިޕޯޓްކުރީ ފަތިހު ކަމަށެވެ. އަދި މިހާތަނަށް ބެލިބެލުމުން އެތަނުން ވަގަށް ނަގާފައި ވަނީ ކާގޯ ދެ ފޮށިގަނޑުކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އެކަމަމު މައްސަލަ އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.