Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އިސްލާމިކް މިނިސްޓްރީގެ 2026 ގެ އެކްޝަން ޕްލޭން ލޯންޗްކޮށްފި

އިސްލާމިކް މިނިސްޓްރީގެ އަންނަ އަހަރުގެ އެކްޝަން ޕްލޭން ރަސްމީކޮށް އިފްތިތާޙްކޮށްފި އެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތެއްގައި އެކްޝަން ޕްލޭން އިފްތިތާޙްކޮށް ދެއްވީ މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީއެވެ.

މި އެކްޝަން ޕްލޭނަކީ ވުޒާރާގެ އިން އެކި ދާއިރާތަކުން އަންނަ އަހަރު ކުރުމަށް ހަމަޖެހިފައިވާ މުހިއްމު މަސައްކަތްތައް ތަފްސީލް ގޮތެއްގައި ހިމެނިފައިވާ އެކްޝަން ޕްލޭނެކެވެ. އެގޮތުން އަންނަ އަހަރުގެ މަސައްކަތްތައް ރާވާލާފައި ވަނީ މި އެކްޝަން ޕްލޭނުގައިވާ ގޮތަށް ކަންކަން ޙަސިލް ކުރެވޭނެ ގޮތަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި މިއީ އެތަނުގެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް މުހިއްމު ކަމެއް ކަމަށް ވެސް ބުންޏެވެ.

އިސްލާމިކް މިނިސްޓްރީން 2024 އާއި 2025 އަށް ވެސް އެކްޝަން ޕްލޭންއަކާއެކު މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ އިރު، އެކްޝަން ޕްލޭނުގައި ހިމެނޭ ގިނަ ކަންކަން ޙާސިލްކުރެވިފައިވާކަން މިއަދުގެ ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވި އެވެ.

އޭނަ ވިދާޅުވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ މެނިފެސްޓޯގައިވާ އިސްލާމީ ނޫރު ދިވެހި ރާއްޖެއަށް ފެތުރުމުގެ މުހިންމު މަސްއޫލިއްޔަތު މި ކުރިއަށް ގެންދަވަނީ ވަރަށް ވެސް މަތިވެރި އަޒުމާއި އިޚްލާސްތެރިކަމާއިއެކު ދިވެހި އުންމަތުގެ ތެރޭގައި އިސްލާމް ދީނުގެ ހިދާޔަތުގެ ނޫރު ފެތުރުމަށްޓަކައި ކަމަށެވެ.

އިސްލާމިކް މިނިސްޓްރީގެ އެކްޝަން ޕްލޭނަކީ އެ މިނިސްޓްރީ ހުރިހާ ސެކްޝަނެއް ގުޅިގެން ބޮޑެތި މަޝްވަރާތަކަކާއެކު އެކުލަވާލެވިފައިވާ އެކްޝަން ޕްލޭނެކެވެ.