Last Updated: July 23, 17:52
Thursday, July 23, 2026
ޚަބަރު

އޭވީސީގެ ނަން ބަދަލުކޮށްފި

އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް (އޭވީސީ) ގެ ނަން އޭވިއޭޝަން އެންޑް ޕޯޓް ސެކިއުރިޓީ ކޮމާންޑް (އޭޕީއެސްސީ) އަށް ބަދަލުކޮށްފި އެވެ.

ޑިފެންސް މިނސްޓްރީގެ ދަށުން ހިންގަމުން އަންނަ އެ މުއައްސަސާގެ ނަން މިއަދު ބަދަލުކުރިކަން އިއުލާންކުރީ ރައީސް ޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުނު ދެންނެވުމެއްގަ އެވެ.

ރައީސް އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އެ ބަދަލު ގެންނެވީ، ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ނިޒާމު އެކަށައަޅުއްވާފައިވާ ފަދައިން ރާއްޖޭގެ ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކާއި ޕޯޓް ފެސިލިޓީތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ގާއިމުކުރައްވައި، ބައިނަލްއަގުވާމީ ކަނޑުގެ ބަނދަރުތަކުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ މަސައްކަތްތައް ސަރުކާރުގެ އިދާރާއަކުން ކުރާ ގޮތަށް ހަމަޖެއްސުމުގެ ބޭނުމުގައި ކަމަށެވެ.