Last Updated: July 9, 10:42
Thursday, July 9, 2026
ޚަބަރު

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުން 344 ޒުވާނަކު ދަސްވެނިވެއްޖެ

ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމްގެ ފުރަތަމަ ބުރުން 344 ޒުވާނަކު ދަސްވެނިވެއްޖެ އެވެ.

ނެޝަނަލް ސާވިސް ޕްރޮގްރާމުގެ ފުރަތަމަ ބުރުގެ ބައިވެރިންގެ ދަސްވެނިވުމުގެ ރަސްމިއްޔާތު މިއަދު ވަނީ ޅ. މާފިލާފުށީގައި ބާއްވައިފަ އެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މަޢުމޫނެވެ.

ވަތަނީ ހިދުމަތުގެ ޕްރޮގްރާމްގެ ފުރަތަމަ ބެޗަށް ބައިވެރިން ނެގީ މިދިޔަ ޖުލައި މަހުގެ ތެރޭގައި މާލެ އާއި ހއ. ދިއްދު އާއި ކުޅުދުއްފުއްޓާއި ށ. ފުނަދު އާއި ނ. މަނަދު އާއި ރ. އުނގޫފާރާއި އދ. މަހިބަދު އާއި ފ. ނިލަންދު އާއި ތ. ވޭމަންޑު އާއި ލ. ގަމާއި އައްޑޫގައި އިންޓަވިއުތަކެއް ބާއްވައި ސްކްރީނިން މަރުހަލާއަކަށް ފަހު އެވެ.

ވަތަނީ ހިދުމަތުގެ ޕްރޮގްރާމަކީ ދިވެހި ގައުމިއްޔަތަށް ލޯބި ކުރާ، ޒިންމާދާރު، ޖިސްމާނީ، ރޫހާނީ އަދި ނަފްސާނީ ގޮތުން ދުޅަހެޔޮ ދިވެހި ރައްޔިތެއް ބިނާކޮށް މަސައްކަތަށް އަހުލުވެރި އަޚްލާޤް ރަނގަޅު ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު އިސް ނަންގަވައިގެން ރާއްޖޭގައި މުޅިން އަލަށް ފަށަން ނިންމި ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގެ ތެރެއިން ތަމްރީނާއި ތަރުބިއްޔަތު ލިބިފައިވާ ހަރުދަނާ ޒުވާން ޖީލެއް ބިނާ ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެކެވެ.