އަހަރުތަކެއް ފަހުން އަކްޝޭ ކުމާރާއި ވިދިއާ ބަލަން އެކީގައި ކުޅެން ހަމަޖެހިފައިވާ އާ ފިލްމުގެ ޝޫޓިން އަންނަ މަހު ފަށާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މިޑް-ޑޭ އިން ބުނީ ދިލް ރާޖޫ ޕްރޮޑިއުސްކޮށް، އަނީސް ބަޒްމީ ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ މި އެކްޝަން ކޮމެޑީގެ ޝޫޓިން އަންނަ މަހުގެ 19 ގައި މުމްބާއީގައި ފެށުމަށް ވާން ޖެހޭ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ. ނަން އަދި ސާފު ނުވާ މި ފިލްމަކީ މިދިޔަ އަހަރުގެ "ބޫލް ބުލައްޔާ 3" އަށް ފަހު، އަނީސް އާއި ވިދިއާ އެއް ސެޓަކަށް ހާޒިރުވާ ފިލްމެވެ.
އަކްޝޭއާ އެކު އަނީސް އެންމެ ފަހުން މަސައްކަތްކުރި ފިލްމަކީ 2011 ގެ "ތޭންކް ޔޫ" އެވެ. އެ ދެ މީހުން އެކީގައި ކުރިން 2007 ގެ "ވެލްކަމް" އާއި 2008 ގެ "ސިންގް އިޒް ކިންގް" ގައި މަސައްކަތްކޮށްފައިވެ އެވެ.
އަކްޝޭ އާއި ވިދިއާ އެކީގައި މަސައްކަތްކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި 2007 ގެ "ހޭ ބޭބީ" އާއި އެ އަހަރު "ބޫލް ބުލައްޔާ" ގެ އިތުރުން 2019 ގެ "މިޝަން މަންގަލް" ހިމެނެ އެވެ.
ފާހަގަކޮށްލެވޭ ކަމަކީ މި ދެ ތަރިންނަކީ ވެސް ނެޝަަނަލް އެވޯޑް ވެސް ހާސިލުކޮށްފައިވާ ދެ ތަރިންކަމެވެ.