Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ވަގު މުއާމަލާތްތަކެއް ހިންގި ބިދޭސީންތަކެއް ހައްޔަރަށް

ބޭންކް އެކައުންޓް މެދުވެރިކޮށް މިލިއަނުން ފައިސާގެ މުއާމަލާތު ހިންގި ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.

ހުއްދަ ނެތި ވިޔަފާރިކު ރުމުގެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝްންގެ ތިން މީހެކެވެ. އެއީ މުހައްމަދު އިމޮން ކަޒި، 23، އާއި މުހައްމަދު ޔޫސުފް ޕްރޮދަން، 30، ގެ އިތުރުން ކަޒި ރައިހާން، 21، އެވެ.

މި ތިން މީހުންގެ ބަންދަށް ވެސް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި މި މައްސަލައިގައި ހިމެނޭ މުހައްމަދު އިމޮންގެ ބޭންކް އެކައުންޓް މެދުވެރިކޮށް މިލިއަނުން ފައިސާގެ މުއާމަލާތް ހިންގާފައިވެ އެވެ. އަދި އެކަމުގެ މައުލޫމާތު އިންޓަލިޖެންސަށް ލިބިފައިވެ އެވެ. އަދި އަނެއް ދެ މީހުން އޭނައާ ބައިވެރިވާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ.