ރޭލެއް ޓްރެކުން ކަހާލައިގެން ވެއްޓި މެކްސިކޯ އިން 13 މީހަކު މަރުވެ، 100 އެއްހާ މީހުން ޒަހަމްވެއްޖެ އެވެ.
މީޑިއާތަކުން ބުނީ ރޭލުން ޓްރެކު ކަހައިލީ މެކްސިކޯގެ ހުޅަނގު ދެކުނު އޯޒާކާ ރީޖަންގެ ނިޒާންޑާ އަވަށާ ދިމާލުން އޮންނަ ބެންޑުން ކަމަށެވެ. މި ހާދިސާ ހިނގި އިރު ރޭލުގައި 241 މީހުން ތިބި ކަމަށް މެކްސިކޯގެ ނޭވީ އިން ބުންޏެވެ.
މި ހާދިސާގައި މިހާތަނަށް 13 މީހަކު މަރުވެފައިވާ އިރު، ޒަހަމްވި މީހުންގެ އަދަދު 98 އަށް އަރަ އެވެ. ނަމަވެސް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުން އަންނަނީ އޭގެ ތެރެއިން 36 މީހަކަށެވެ. އޭގެ ތެރެއިން ފަސް މީހެއްގެ ހާލު ވަރަށް ސީރިއަސް އެވެ.

މި ހާދިސާއާ ގުޅިގެން މެކްސިކޯގެ ރައީސް ކްލައުޑިއާ ޝެއިންބޯމް ވަނީ މަރުވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެ، ފަރުވާ ދެމުން އަންނަ މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިފެންފަ އެވެ. އަދި މި ހާދިސާގެ ފުރިހަމަ ތަހުގީގަކަށް ރައީސް ވަނީ ގޮވާލައްވައިފަ އެވެ.
މީޑިއާތަކުން ބުނީ ޓްރެކުް ކަހައިލި ރޭލަކީ މީގެ ދެ އަހަރު ކުރިން ބޭނުން ކުރަން ފެށި ރޭލެއް ކަމަށެވެ.