Last Updated: July 15, 18:06
Wednesday, July 15, 2026
ޚަބަރު

ޒަރީރު ވެސް އިތުރު ދައުރަކަށް ވާދަ ކުރަނީ

އައްޑޫ ސިޓީ ކައުންސިލްގައި ހިތަދޫ ރަސްގެދަރި ދާއިރާ މިހާރު ވެސް ތަމްސީލު ކުރައްވަމުން ގެންދަވާ ކައުންސިލަރު ހުސައިން ޒަރީރު އެ ދާއިރާގެ ކައުންސިލަރުގެ މަގާމުގެ އިތުރު ދައުރަކަށް ވާދަ ކުރައްވަން ނިންމައިފި އެވެ.

ޒަރީރަކީ އެމްޑީޕީގެ މެންބަރެކެވެ.

ރަސްގެދަރި ދާއިރާގެ ކައުންސިލަރުގެ އިތުރު ދައުރަކަށް ވާދަކުރަން ނިންމަވައި އޭނަ ވިދާޅުވީ ދާއިރާގެ ރައްޔިތުން ތާއީދާއި އެހީތެރިކަމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އައްޑޫ ސިޓީގެ ތަސައްވުރާއި އަމާޒުތަކަށް ވާސިލުވުމަށް ގަދަ ހިތްވަރާ އެކު މަސައްކަތް ކުރަމުން މަގާމުގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ދެން ވެސް ތެދުވެރިކަމާ އެކު އަދާ ކުރަމުން ރަށްވެހި ގުޅުން ބަދަހިކަމާ އެކު ދަމަހައްޓާނަން." ޒަރީރު ވިދާޅުވި އެވެ.

އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އިންތިހާބުގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓުން ހޮވަން އަންނަ މަހުގެ 16 ގައި ޕްރައިމަރީ ބާއްވަން ނިންމާފައިވެ އެވެ.

ކައުންސިލް އިންތިހާއި އަންހެނުންގެ ކޮމިޓީގެ އިންތިހާބު ބާއްވަން އިލެކްޝަން ކޮމިޝަނުން ނިންމާފައި ވަނީ އަންނަ އަހަރުގެ އެޕްރީލް 4 ގަ އެވެ.