Last Updated: July 24, 15:14
Friday, July 24, 2026
ޚަބަރު

އެއް ކޮަޓަރީގެ ފްލެޓް ދޫކޮށްލައި އަލުން ކުރިމަތިލެވޭނެ

އެއް ކޮޓަރީގެ ފްލެޓު ދޫކޮށްލައި އެހެން ފްލެޓަކަށް ކުރިމަތިލެވޭ ގޮތަށް އުސޫލު ބަދަލުކޮށް މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފްލެޓު ދޫކުރުމުގެ އުސޫލު އަލުން އާންމުކޮށްފި އެވެ.

ހައުސިން މިނިސްޓްރީން ރޭ އާންމުކުރި އުސޫލުގައިވާ ގޮތުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމަކުން އެއް ކޮޓަރީގެ ފްލެޓެއް ލިބި، އޭނާގެ 18 އަހަރުން ދަށުގެ ކުދިން ތިބި ނަމަ އެތަނެއް ސަރުކާރުން ކަނޑައަޅާ އުސޫލެއްގެ ދަށުން ދޫކޮށްލާ ނަމަ އަލުން ފްލެޓަށް ކުރިމަތިލެވޭނެ އެވެ. އަދި ދެ ކޮޓަރީގެ ހައުސިން ޔުނިޓެއް ލިބި، 18 އަހަރުން ދަށުގެ ދެ ޖިންސުގެ ދަރިން ތިބި ނަމަ، އެތަނެއް ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ދޫކޮށްލަން އެއްބަސްވާ ނަމަ ވެސް އަލުން ފްލެޓަށް ކުރިމަތިލެވޭނެ އެވެ.

މި ބަދަލު ގެނެސްފައި މި ވަޖީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން މާލޭ އަވަށުތަކުގެ ރައްޔިތުންނާ އެކު ބޭއްވެވި ސިލްސިލާ ބައްދަލުވުންތަކުގައި، އެއް ކޮޓަރީގެ ފްލެޓް ލިބިފައި ތިބި މީހުންނަށް އިތުރު ހައުސިން ސްކީމަކަށް ކުރިމަތި ނުލެވޭތީ ނުވަތަ ޝަރުތު ހަމަނުވާތީ އެ މީހުންގެ ކަންބޮޑުވުންތައް ހިއްސާކޮށްފައި ވަނިކޮށެވެ.