ފަރުމަސް އާލާކުރަން ދަސްކޮށް ދިނުމުގެ އިތުރު ކޯހަކަށް ހުޅުވާލައިފި އެވެ.
އެ ދާއިރާއިން ފަންނީ މީހުން އުފެއްދުމަށް ހިންގާ "މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމް" ގައި ބައިވެރިވުމުގެ ފުރުސަތު އަންނަ މަހުގެ 11 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ކ. މަނިޔަފުށި ރިސާޗް އެންޓް ޓްރެއިނިން ފެސިލިޓީގައި އަންނަ އަންނަ މަހުގެ 24 އިން ފެބްރުއަރީ 5 އަށް ކުރިއަށް ގެންދަން ނިންމާފައިވާ ކޯހުން ފުރުސަތު ދޭން ހަމަޖެހިފައި ވަނީ 15 މީހަކަށެވެ. އަދި އެ އަދަށް ވުރެ އިތުރަށް ފޯމު ހުށަހަޅައިފި ނަމަ ބައިވެރިން ހޮވާނީ ފޯމު ހުށަހަޅާ ތަރުތީބުން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
މިއީ އެ މިނިސްޓްރީ އާއި މޯލްޑިވްސް މެރިން ރިސާޗް ސެންޓަ (އެމްއެމްއާރްއައި) އާ ގުޅިގެން ހިންގާ ކޯހެކެވެ.
މިނިސްޓްރީން ބުނީ ކޯހުގެ މުއްދަތުގައި ބައިވެރިން ތިބުމަށް ހަމަޖެހިފައި ވަނީ. މަނިޔަފުށީގައި ކަމަށާއި ކޯހުގެ ބޭނުމަށް މާލެ އާއި މަނިޔަފުއްޓާ ދެމެދު ކުރާ ދަތުރުތަކާއި ބައިވެރިންގެ ހުރުމާއި ކެއުމުގެ އިންތިޒާމް ވެސް ހަމަޖައްސައި ދޭނެ ކަމަށެވެ.
ކޯހާ ބެހޭ އިތުރު މައުލޫމާތު 3322242 އަދި 9555373 އިން ހޯދޭނެ އެވެ.