Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ރާފުޅިއެއް ލިބުނީ ހަދިޔާއަކަށް ކަމަށް ކޯޓްގައި ބުނެފި!

ބަނގަރަލުގެ މައްސަލައެއްގައި ހައްޔަރު ކުރުމުން އެއީ ހަދިޔާއަކަށް ލިބުނު އެއްޗެހި ކަމަށް ބުނި މީހެއްގެ ބަންދަށް ކްރިމިނަލް ކޯޓުން އިއްޔެ 15 ދުވަސް ޖަހައިފި އެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ މާލެ އަށް ނިސްބަތްވާ 57 އަހަރުގެ ފިރިހެނެކެވެ.

އޭނަގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުން "ރެެކެން" ތަފާތު ގޮތްގޮތަށް ވާހަކަތަކެއް ދައްކާފައިވެ އެވެ. އެގޮތުން އޭނާގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަނުގައި 10 ގްރާމް ހަމަނުވާނެ ކަމަށާއި، ފެނުނު ބަނގުރާ ފުޅިއަކީ ރައްޓެއްސަކު ދިން ހަދިޔާއަކަށް ދިން އެެއްޗެއް ކަމަށް ބުނެފައިވެ އެވެ. އަދި އެ ފުޅި ނުވެސް ކަނޑާ ކަމަށް ބަންދުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވެ އެވެ.

މައްސަލަ ބެއްލެވި ގާޒީ ނެރުއްވި އަމުރުގައި ވާގޮތުން، އެ މީހާ ދެއްކި ވާހަކަތަކަށް ބަލާ އިރު ވެސް އޭނާ މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުނުކަން ސާބިތުވާ ކަމަށް ބުނެފައިވެ އެވެ. އަދި އޭނާއަކީ ކުށުގެ ރެކޯޑު އޮތް މީހެއްކަން ފާހަގަކޮށް، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރުމާއެކު ބަންދަށް 15 ދުވަސް ޖެހީ އެވެ.