Last Updated: July 9, 11:33
Thursday, July 9, 2026
ޚަބަރު

ކުއްލި ހާލަތްތަކަށް ތައްޔާރުވުން ހަރުދަނާކުރަން އެއްބަސްވުމެއް

ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާދެމެދު އެއަރޕޯޓް ކްރައިސިސް މެނޭޖްމަންޓާ ގުޅޭ ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންއެވެ. އެއަރޕޯޓްސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުއެވެ.

މިއަދު ސޮއިކުރެއްވިގެން ދިޔަ މި ފަހުނާމާއަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރަށް ހަރުދަނާކުރުމުގެ އިތުރުން ކުއްލި ހާލަތްތަކުގައި މުއާމަލާތުކުރުން ހަރުދަނާކުރުމާއި އަވަސް އަދި ފައިދާހުރިގޮތެއްގައި އިޖާބަ ދިނުމުގެ ގޮތުން ސޮއިކުރެވިގެންދިޔަ އެއްބަސްވުމެކެވެ.