Last Updated: June 6, 14:55
Saturday, June 6, 2026
މުނިފޫހިފިލުވުން

ކާތިކާއި ކަބީރްގެ ދެވަނަ ފިލްމުގެ ޝޫޓިން ފެބްރުއަރީގައި

ކާތިކް އާރިއަނާ އެކު، ޑައިރެކްޓަރު ކަބީރު ޚާން ހަދަން ނިންމާފައިވާ ދެވަނަ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ފަށާނެ ކަމަޢް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަންގާމާ އިން މިއަދު ބުނީ ކަޝްމީރާ ގުޅުން ވާހަކައަކަށް ހަަދަން ނިންމާފައިވާ ފިލްމު ޝޫޓިން ފެބްރުއަރީ ފަށަން ރާވާފައި ވަނީ އަންނަ އަހަރުގެ އޮކްޓޯބަރަށް ނިންމާ ގޮތަށް ކަމަށެވެ. ނަމާއި އިތުރު ކާސްޓުންނަކީ ކޮބައިކަން އަދި ސާފު ނުވާ މި ފިލްމުގެ މަންޒަރުތަކެއް އިިންޑިއާ އިން ބޭރުގެ ވަރަށް ގިނަ ލޮކޭޝަންތަކެއްގައި ވެސް ނަގަން ހަމަޖެހިފައިވެ އެވެ.

ބެލުންތެރިންނަށް ފިލްމު ގެނެސްދޭނީ 2027 ގަ އެވެ. މި ފިލްމަކީ ކަބީރުގެ އަމިއްލަ ފިލްމު ކުންފުންޏާއި އެޕްލޯސް އެންޓަޓައިންމަންޓް ގުޅިގެން ހަދަން ނިންމާފައިވާ ފިލްމެކެވެ.

ކާތިކާ އެކު ކަބީރު ހެދި ފުރަތަމަ ފިލްމަކީ މިދިޔަ އަހަރުގެ ބައޮގްރަފިކަލް ސްޕޯޓްސް ޑްރާމާ "ޗަންދޫ ޗެމްޕިއަން" އެވެ. އެ ފިލްމުން ކާތިކަށް އަލަށް ފިލްމުފެއާގެ އެންމެ މޮޅު އެކްޓަރުގެ އެވޯޑް ވެސް ލިބުނެވެ.

ކާތިކްގެ އެންމެ ފަހުގެ ފިލްމަކީ މި މަހުގެ 25 އިން ފެށިގެން ސިނަމާތަކުގައި ދައްކަމުން އަންނަ ރޮމޭންޓިކް ކޮމެޑީ "ތޫ މޭރީ މޭ ތޭރާ، މޭ ތޭރާ ތޫ މެރީ" އެވެ. އޭނަ މިހާރު އަންނަނީ މި ފިލްމު ވެސް އުފެއްދި ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަން ކްރީޗާ ކޮމެޑީ "ނާގްޒިއްލާ" ގެ މަސައްކަތް ކުރަމުންނެވެ. ކާތިކް މަސައްކަތް ފަށާފައިވާ ފިލްމުތަކުގެ ތެރޭގައި ޑައިރެކްޓަރު އަނޫރާގް ބާސޫގެ އަސަރު ގަދަ ލޯބީގެ ފިލްމެއް ވެސް ހިމެނެ އެވެ.

ކާތިކާ އެކު ދެވަނަ ފިލްމަކަށް ކަބީރް ތައްޔާރުވަމުން އަންނަ އިރު، އޭނަ އަކީ ސަލްމާން ޚާންގެ ކެރިއަރުގެ ވަރަށް ކާމިޔާބު ފިލްމުތަކެއް ކަމަށްވާ "ބަޖިރަންގީ ބައިޖާން" އާއި "އޭކް ތަ ޓައިގާ" ގެނެސްދިން ޑައިރެކްޓަރެވެ.