ކ.ހުރާ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ފަށައިފި އެވެ.
ހުރާ ޞިއްޙީ މަރުކަޒުގައި ލެބޯޓްރީގެ ޚިދުމަތް ރަސްމީކޮށް ފެށުމަށް މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ މިނިސްޓަރު އޮފް ހެލްތު އަބްދުﷲ ނާޘިމް އިބްރާހިމެވެ.
މި ރަސްމިއްޔާތުގައި ހުރާ ދާއިރާގެ މެންބަރު އަނާރާ ނަޢީމާއި، އެރަށު ކައުންސިލްގެ މެންބަރުންނާއި ޞިއްޙީ މަރުކަޒުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ހުރާ ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ފަށާފައިވާއިރު، 2026 ވަނަ އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި ލެބޯޓަރީގެ ޚިދުމަތް ޤާއިމުކުރުމަކީ މި ސަރުކާރުގެ ވައުދެކެެވެ.