އެއް އަހަރު ދުވަހުގެ އެކްޝަން ޕްލޭން އެކުލަވައިލުމަށްޓަކައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ޖޮއިންޓް އެޖެންސީ ވޯކްޝޮޕެއް ބާއްވައިފި އެވެ.
އިސްކަންދަރު ބިލްޑިންގުގައި އިއްޔެ ބޭއްވި ވޯކްޝޮޕްގައި ޕޮލިސް ކޮމިޝަނަރުއިސްމާޢީލް ނަވީންއާއި، ފުލުހުންގެ ޚިދުމަތުގެ އެގްޒެކެޓިވް އޮފިސަރުންނާއި އެހެނިހެން ފުލުހުންގެ އިތުރުން މޯލްޑިވްސް ވުމަން އިން ޕޮލިސިން ކޮމިޓީ އާއި، މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާއި، ކަސްޓަމްސް އަދި އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވި އެވެ.
މި ވޯކްޝޮޕްގައި، އިންޓަ-އޭޖެންސީ ޑިކްލަރޭޝަންގައި ބަޔާންކޮށްފައިވާ ކޮމިޓްމަންޓްތަކާއި އުސޫލުތަކާ މެދު މުއައްސަސާތަކުގެ މެދުގައި އެއްގޮތް ކަމެއް އުފެއްދުމާއި، ޑިކްލަރޭޝަންގައިވާ އަންހެނުންގެ ލީޑަޝިޕްއާއި، ގާބިލިއްޔަތު ބިނާކުރުމާއި، ސިޔާސަތު އިސްލާހު ކުރުމާއި، ފަހި މާހައުލުތައް ގާއިމުކުރުމާއި، ގުޅިގެން މަސައްކަތްކުރުން އަދި ޖަވާބުދާރީވުމާ ބެހޭ ކޮމިޓްމަންޓްތައް އަމަލީ އަދި ތަންފީޒު ކުރެވޭނެ ފިޔަވަޅުތަކަށް ބަދަލުކުރުމާއި، އެއްބަސްވެފައިވާ ފިޔަވަޅުތައް ތަންފީޒުކުރުމަށް މުއައްސަސާތަކުގެ ދައުރުތަކާއި ޒިންމާތައް ކަނޑައެޅުމާ އަދި މޮނިޓަރިންގއާއި ރިޕޯޓުކުރުމުގެ އުސޫލުތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ.
އިންޓަ-އޭޖެންސީ ޑިކްލަރޭޝަންގައި ސޮއިކުރީ މި އަހަރުގެ އޮކްޓޯބަރު 6 ގަ އެވެ.