Last Updated: July 22, 18:06
Thursday, July 23, 2026
ޚަބަރު

އެއާޕޯޓް ކްރައިސިސް މެނޭޖްމަންޓް އެއްބަސްވުމެއް

އެއާޕޯޓް ކްރައިސިސް މެނޭޖްމަންޓާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އިއްޔެ މި އެއްބަސްވުން ހަދާފައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ފުލުހުންނާ ދެމެދު އެވެ.

އެއްބަސްވުމުގައި ފުލުހުންގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރު އިސްމާޢީލް ނަވީން އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ/މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފެވެ.

އެއާޕޯޓް ކްރައިސިސް މެނޭޖްމަންޓް އެއްބަސްވުމަކީ ދެ މުއައްސަސާގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ކުއްލި ހާލަތްތަކަށް ތައްޔާރުވެފައިވާ މިންވަރު އިތުރަށް ހަރުދަނާ ކުރުމުގެ އިތުރުން ކުއްލި ހާލަތްތަކުގައި މުއާމަލާތު ކުރުން ހަރުދަނާކުރުމާއި އަވަސް އަދި ފައިދާ ހުރި ގޮތެއްގައި އިޖާބަ ދިނުމުގެ ގޮތުން ސޮއިކުރި އެއްބަސްވުމެކެވެ.