ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ޑިފެންސް މިނިސްޓަރ ރިޓަޔާޑް ކާނަލް މުހައްމަދު ނާޒިމްއަށް "ފަޓާސް ބަރިހެން" ޝަރީއަތް ކުރެއްވި ކްރިމިނަލް ކޯޓްގެ ގާޒީ އަބްދުލް ބާރީ ޔޫސުފް މުހައްމަދު ދިވެހި ނޫސްވެރިންނަށް އިންޒާރު ދެއްވައިފިއެވެ.
ގާޒީ އަބްދުލް ބާރީ ޔޫސުފްގެ ފަރާތުން ނޫސްވެރިންނަށް އިންޒާރު ދެއްވާފައިވަނީ ކޯޓުތަކުގެ ހަބަރުތައް ލިއުއްވާއިރު ހަމަހަމަކޮށް ގެނެސް ނުދޭނަމަ ކޯޓް ރޫމަށް ނުވައްދާނެ ކަމަށް ބުނެއެވެ.
"އައްޑޫލައިވް" އާއި ވާހަކަ ދެއްކި ކޯޓުތަކުގެ ހަބަރު ގެނެސްދޭ ނޫސްވެރިއަކު ބުނީ ޝެއިހް އިމްރާންގެ ޝާރީއަތާއި ގުޅިގެން މިދިޔަ ހަފްތާގައި ނޫސްތަކުން ގެނެސްދިން ހަބަރު ތަކާއި ގުޅިގެން ގާޒީ ބާރީ ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައި އިންޒާރުތައް ނޫސްވެރިންނަށް ދީފައިވަނީ އެ ކޯޓުގެ މީޑިޔާ އޮފިސަރު މެދުވެރިކޮށެވެ.
ޝެއިހް އިމްރާންގެ ޝަރީއަތުގައި އަބްދުލް ބާރީ ޔޫސުފް ވަނީ އިމްރާންއާއި ގިނަ ސުވާލުތަކެއް ކުރައްވާފައެވެ.
އެގޮތުން ފުރަތަމަ ސުވާލެއްގެ ގޮތުން ގާޒީ ބާރީ އެއްސެވީ "އެހެން ގޮތަކަށް ތެދުވުމަށް" މުޒާހަރާގެ ބައިވެރިންނަށް އިމްރާން އިރުޝާދު ދެއްވީ ކޮން މަގްސަދެއްގައިތޯ އެވެ.
ޖަވާބުގައި އިމްރާން ވިދާޅުވީ އެއީ ރައީސް އަބްދުﷲ ޔާމީން މަޝްވަރާކުރަން ވަޑައިގަންނަވަންދެން ރައްޔިތުން މަސައްކަތް ކުރުމުގެ ވާހަކަ ކަމަށެވެ.
ގާޒީ ބާރީ އެއްސެވި ބައެއް ސުވާލުތަކަށް އިމްރާން ޖަވާބު ދެއްވަން ފެއްޓެވުމުން ގާޒީ ވަނީ އިމްރާންގެ ވާހަކަ ހުއްޓުވައި، ސުވާލުގެ ޖަވާބު އެހެން މިސްރާބަކަށް ގެންދަން އިމްރާން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އިމްރާން ދެއްވަނީ ސިޔާސީ ޖަވާބުތަކެއް ކަމަށާއި އެކަމަކު މިއީ ސިޔާސީ ޝަރީއަތެއް ނޫން ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ.
އަދި އިމްރާންގެ ވާހަކަ ތައް ހުއްޓުވައި "އަހަރެން ގޮތެއް ނިންމައިފިން" ކަމަށް ގާޒީ ބާރީ ވިދާޅުވެފައިވެއެވެ.
ނަމަވެސް އެ ނިންމެވީ ކޮން ގޮތެއްކަން ހާމަ ކުރައްވާފައި ނުވެއެވެ.
ގާޒީ ބާރީ ނޫސްވެރިންނަށް އިންޒާރު ދެއްވާފައިވާ އިރު 2014 ވަނަ އަހަރު ކްރިމިނަލް ކޯޓުން ބާރީ ބެއްލެވި މައްސަލއެއްގެ ލިޔެކިއުންތައް ވަނީ ވީ ނުވީއެއް ނޭގި ގެއްލިފައެވެ.
ގާޒީ ބާރީގެ ގެއްލުވާލި އަޑުއެހުން.
މީގެ ކުރިންވެސް ޝަރީއަތުގެ މަޖިލީހުގައި ގާޒީ ބާރީ ދެއްކެވި ވާހަކަތަކެއް ނޫސްވެރިން ރިޕޯޓު ކޮށްފައިވާ ގޮތާ މެދު ހިތް ހަމަޖެހިވަޑައިނުގެން މީޑިއާތަކަށް ކޯޓުން އިންޒާރުދީފައި ވެއެ