Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

މާލޭގައި ބަނގުރާ ބޯ ނޭޕާލް ގްރޫޕެއް ޑީޕޯޓްކޮށްލަނީ

ގަވާއިދާ ހިލާފަށް ބަނގުރާ ގެންގުޅެ، ބޭނުންކުރާކަމުގެ ތުހުމަތުގައި މާލެއިން ނޭޕާލް ގްރޫޕެއް ހައްޔަރުކޮށްފި އެވެ.

އޭގެ ތެރޭގައި ހިމެނެނީ 6 ފިރިހެނެކެވެ.

ފުލުހުން ބުނީ އެ މީހުން ހައްޔަރުކުރީ ކައުންޓަ-ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، މި މަހުގެ 28 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށެވެ. އެ މީހުން ހައްޔަރުކޮށް މާލެ، މާފަންނުގައި ހުރި ކެފޭއަކާއި ގެއެއް ބަލައި ފާސްކޮށް، ބަނގުރާކަމަށް ބެލެވޭ އެއްޗެއްހުރި 500 އެމްއެލްގެ 21 ފުޅި ހޯދާފައިވެ އެވެ.

މި މައްސަލައިގައި ހައްޔަރުކުުރި މީހުންނަކީ:

* ޗައުދަރީ ސްރެންދްރަ، 43،
* ސުގަންދަ ކުމާރު ޗައުދަރީ، 28،
* ޗައުދަރީ، 24،
* މަކަރް ބަހާދުރް ޓަމަންގް، 27،
* ބިޝްވަނާތް ޗައުދަރީ، 37،
* ރަމްރި މާޔާ ވައިބާ، 27،

ފުލުހުން ބުނީ މި ހަ މީހުން ވެސް ޑީޕޯޓް ކުރަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.